ޓިކެޓް ހުސްވުމުން ޢާއްމުން ނުރުހުން ފާޅުކުރަނީ
ޓިކެޓް ހުސްވުމުން ޢާއްމުން ނުރުހުން ފާޅުކުރަނީ
ސާފްޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމް މާދަމާ ލަންކާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ 1600 ޓިކެޓް ރައީސް އޮފީހުން ނެގިކަމަށްބުނެ ފަތުރަނީ ދޮގުވާހަކަ ތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މާދަމާ ރާއްޖެއާއި ލަންކާ ވާދަކުރާ މެޗުގެ ޓިކެޓް ގަތުމަށް ރޭ ފަތިހުން ފެށިގެން ޢާއްމުން ގަލޮޅު ދަނޑު ކައިރީގައި ކިޔޫ ހަދާފައިވީ ނަމަވެސް ޓިކެޓް ވިއްކަން ފަށާފައިވަނީ، ހެނދުނު 10 ޖެހިއިރުއެވެ. ނަމަވެސް ޓިކެޓް ވިއްކަންފެށިތާ ގަޑިއިރެއްގެ ތެރޭގައި ޓިކެޓް ހުސްވެފައިވާ ކަމަށްބުނެ ޓިކެޓް ކައުންޓަރތައް ވަނީ ބަންދު ކޮށްފައެވެ.

އެކަމާ ގުޅިގެން ބައެއް ނޫސްތަކުން ވަނީ އޮފިޝަލަކާ ޙަވާލާދީ ކަމަށްބުނެ ރައީސް އޮފީހުން 1600 ޓިކެޓް ނެގި ކަމަށް ބުނެފައެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ "އެއީ ހަމަ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

ޓިކެޓް ނުލިބުމުން އެކަމުގެ ޝަކުވާ ޢާއްމުން ކުރަން ފެށުމުން އެފްއޭއެމުން ބުނީ އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް 2،500 ޓިކެޓް ޚާއްސަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އާންމުންނަށް އިތުރު 1000 ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ދެޓްޑޭ

16-Oct-2021

މަމެން ޕިންކީން ވެރިކަމުގައި ތިބި އިރު ޓިކެޓް ގަންނަން ކިއޫ އެއްވެސް ހަދަން ނުޖެހެއޭ ދިވެހިން ނަށް އޮތީ ހިލޭ ދަނޑަށް ވަދެވޭ ގޮތް ހަދާފައޭ ތަމެންގެ ވެރިކަމުގައި ބޮޑު އަގުގައި ކިއޫ ޖެހިގެން ދެދުވަސްވާއިރު ވެސް ޓިކެޓް ނުލިބެއޭ ސަޕޯރޓަރުން ގަން ހިންގަނީއޭ މަމެން ޕިންކީން މިއަދު ވެރިކަމުގައި ތިބިނަމަ ރައްޔިތުން އުފަލުން ނަށާނެއޭ މަމެން ޕިންކީންގެ ވެރިކަން އެއީ ރީތި އަބަދުވެސް ރީތިވެރިކަމެކޭ ދެޓް ޑޭ ދެޓްޑޭ ދެޓްޑޭ ދެޓްޑޭ ސޯ ސްވީޓް ކޭން ޔޫ ފީލް އިޓް..



ޓްރެންޑިން