އީރާނުގެ ފުރަތަމަ ރައީސް އަބުލްހަސަން ބަނީސަދުރު އަވަހާރަވެއްޖެއެވެ.
ބަނީސަދުރުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނު އަވަހާރަވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށާއި، އަވަހާރަވިއިރު އުމުރުފުޅުން 88 އަހަރު ކަމަށެވެ.
ބަނީސަދުރަކީ އީރާނަށް 1979 ވަނަ އަހަރު ގެނައި އިންގިލާބުގައި އެ ގައުމުގެ ރަސްކަން އުވައިލުމަށްފަހު އެކުލަވައިލި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ފުރަތަމަ ޚާރިޖީ ވަޒީރެވެ. އޭގެ ފަހުން 1980 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އުފެދުމާއެކު އެމަގާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީވެސް ބަނީސަދުރެވެ.
އޭގެ އެއް އަހަރު ފަހުން ޕާލަމެންޓުން އޭނާއަށް އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަނީ ވަކިކޮށްފައެވެ.
ބަނީސަދުރަކީ ފުންނާބުއުސް ލިޔުންތެރިއެކެވެ. އެގޮތުން އެ މަނިކުފާނުވަނީ ވަރަށް ގިނަ ފޮތްތައް ޝާއިއު ކުރައްވާފައެވެ. އީރާނުގެ އިސްލާމީ އިންގިލާބު ހަގީގަތަކަށް ހެއްދެވުމުގައި އެންމެ ކުރީ ސަފުގައި ބަނީސަދުރު ހިމެނޭ ކަމަށް ވިޔަސް ހަރުކަށި ދީނީ ވިސްނުމެއްގެ ތެރެއިން ސިޔާސަތު ބައްޓަން ކުރުމަކީ އެމަނިކުފާނު ދެކޮޅު ހައްދަވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު