ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ 4 މަހަށްފަހު އަލުން އެނބުރި ރަސްމީ މަސައްކަތަށް މިއަދު ނުކުމެވަޑައިގެންނެވި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ދިވެހި ރައްޔިތުންނަށް އުންމީދެއް ދެއްވައިފިއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ރާއްޖެއާއި ސްރީލަންކާ ވާދަކުރާ މެޗްގެ ޓިކެޓްތައް، ޓިކެޓް ވިއްކަން ފެށިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވިކި ހުސްވެ، ޢާއްމުން އިއްޔެ އިޙްތިޖާޖު ކުރަން ފެށުމުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތުހުމަތުގައި އިއްޔެއާ ހަމައަށް މަޤާމުން ސަސްޕެންޑް ކޮށްފައިހުންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ އެއީ ފުޓުބޯޅަ ފޯރި ކަމަށެވެ. ނަމަވެސް ހަތަރު މަސް ދުވަސްވީއިރުވެސް މަޙްލޫފްގެ މައްސަލާގައި ދައުވާކޮށްފައިނުވާތީ ރޭގެ ވަގުތެއްގައި ރައީސް އޮފީހުންވަނީ މަޙްލޫފްގެ ސަސްޕެންޝަން އުވާލާފައެވެ.
މިއަދު އޮފީހަށް ނުކުމެވަޑައިގެންނެވުމަށްފަހު މަޙްލޫފް ވިދާޅުވީ، އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ފުޓްބޯޅަ އެސޯސިއޭޝަނާއި ވާހަކަ ދައްކަވައިގެން ވީހާވެސް ގިނަ ބަޔަކަށް، މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވައިދޭނެ ކަމަށެވެ.
ޓިކެޓްގެ މައްސަލާގައި ރައްޔިތުން ހިތްހަމަ ނުޖެހިފައިވަނިކޮށް އެފްއޭއެމުން އިއްޔެ ބުނީ މުބާރާތުގެ މެޗުތަކަށް ވިއްކާ 5،000 ޓިކެޓްގެ ތެރެއިން އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް 2،500 ޓިކެޓް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ މެޗަށް ޚާއްސަކޮށް އިތުރު 1000 ޓިކެޓް އެފްއޭއެމުން ވަނީ ވިއްކާފައެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވެއެެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭސީސީ އާއި ފުލުހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށްދިނުމުން މަޚުލޫފްގެ ސަސްޕެންޝަން އެފަހަރުވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށްއެދެން.
— Ahmed Mahloof (@AhmedMahloof) October 10, 2021
FAM އާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް،މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން.
ٱلْحَمْدُ لِلَّٰهِ
4 މަހަށްފަހު އަލުން އެނބުރި ރަސްމީ މަސައްކަތުގަ. pic.twitter.com/LEit4919zb
ޓިކެޓްގެ މައްސަލާގައި ރައްޔިތުން ހިތްހަމަ ނުޖެހިފައިވަނިކޮށް އެފްއޭއެމުން އިއްޔެ ބުނީ މުބާރާތުގެ މެޗުތަކަށް ވިއްކާ 5،000 ޓިކެޓްގެ ތެރެއިން އެފްއޭއެމްގެ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް 2،500 ޓިކެޓް ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ މެޗަށް ޚާއްސަކޮށް އިތުރު 1000 ޓިކެޓް އެފްއޭއެމުން ވަނީ ވިއްކާފައެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވެއެެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭސީސީ އާއި ފުލުހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށްދިނުމުން މަޚުލޫފްގެ ސަސްޕެންޝަން އެފަހަރުވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ހިޔާލު