ޖަލުގައި އަނިޔާކުރާ އޮފިސަރުންނަށް ވަޒީފާގައި އިތުރަށް ނުތިބެވޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ, ގައިދީއަކަށް އަނިޔާއެއް ކޮށްފިނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަަރަށް ސާފުކޮށް އެނގޭނެކަމަށެވެ.
އަދި މިހާތަނަށް މިވެރިކަމުގައި ހިނގީ އެފަދަ ދެ ތިން ހާދިސާއެއް ކަމަށާއި, އެ މައްސަލަތަކުގައި އެ އޮފިސަރުންނާ މެދު ފިޔަވަޅުއަޅާފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ބައެއް އޮފިސަަރުން ވަޒީފާއިން ވަކިކޮށްފައިވާއިރު, ބައެއް އޮފިސަރުންގެ ރޭންކް ދަށްކޮށްފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިއަދު ވިދާޅުވީ, ސަރުކާރުން މިހާރުދަނީ ޖަލުތަކުގެ އޮޑިޓެއް ހަދަމުން ކަމަށާއި, އަދި ޖަލުތަކުގައި ޝައްކުވާގޮތަށް ނަމަވެސް އަނިޔާގެ ޢަމަލެއް ހިންގައިފިނަމަ އެކަމަކަށް ހޯމް މިނިސްޓްރީން ވަގުތުން އެޓެންޑް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު