ފަސް މަސް ދުވަހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވާލުވެވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ދެއްކެވި ވާހަކައިގައި ނަޝީދު ވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ބާރުމިން ފާހަގަކުރައްވައި، މެމްބަރުން ކުރައްވަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި އެމަނިކުފާނު ނެތްއިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲއާއި މަޖިލީހުގެ އަމީންއާމަށް ވެސް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ބަޖެޓުގެ މަސައްކަތް ކަމަށާއި، އެގޮތުން މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު އަދަދުތަކާއި އާމްދަނީއާއި އަހަރުގެ މިހާތަނަށް އައިއިރު ލިބިފައިވާ އާމްދަނީއާ އަޅާ ބަލާއިރު ބައެއް ބާވަތުގެ އާމްދަނީ ވަރަށް ރަނގަޅަށް ލިބިފައިވާ ކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ކައިރިން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ވަނީ ޖަރުމަނު ވިލާތަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު، ރައީސް ނަޝީދު މިހާތަނަށް ގިނަ ދުވަސްތައް ހޭދަކުރެއްވީ އިނގިރޭސިވިލާތުގައެވެ.
މަޖިލީހުގެ އައު ދައުރުގެ ޖަލްސާތައް ފެށިއިރު، ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ހަމަލާ ދޭން ރާވާ، ހިންގި މީހުންގެ ތަހުގީގު ނުނިމި ކުރިއަށްދާއިރު، އެ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީސް ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއިންނާއި ހެޔޮ އެދޭ ފަރާތްތަކުން އެދޭ ކަމެއް ނޫން ކަމަށެވެ. އަދި އެހާލަތުގައި ރާއްޖެ ވަޑައިގަންނަވަން އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާ، އެމީހުންގެ ޝަރީއަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ކިޔުންތެރިންގެ ހިޔާލު