ކުވެއިތުގެ އަސްކަރިއްޔާގެ އެކި މަގާމުތަކުގައި އަންހެނުން ޝާމިލުކޮށް، މަސައްކަތް ކުރުމުގެ ޖާގަ ދީފިއެވެ.
ކުވެއިތުގެ އަސްކަރިއްޔާގެ އެކި އެކި މަގާމުތަކުގައި އަންހެނުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މީގެކުރިން ކުވެއިތުގައި އަންހެނުންނަށް ހަނގުރާމައާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ކުރުމުގެ އިހުތިޔާރެއް ނޯވެއެވެ.
ކުވެއިތުގެ ޑިފެންސް މިނިސްޓަރު ހަމާދް ޖާބިރް ވިދާޅުވީ އަސްކަރިއްޔާގެ އޮފިސަރު ރޭންކުން ފެށިގެން އިތުރު އެހެން މަގާމުތަކުގައި އަންހެނުންނަށް މިހާރު ތިބެވޭނޭ ކަމަށާއި، އަންހެނުންގެ ހިތްވަރާއި، މިންނެތް މަސައްކަތާ، ރޭވުންތެރިކަމަކީ އަސްކަރިއްޔާއަށް ނުހަނު ބޭނުންތެރި ސިފަތަކެއް ކަމަށެވެ. އަދި މިއީ އަސްކަރިއްޔާގައި ތިބި އެހެން ފަރާތްތަކާއި އެއް ހަމައަކުން އަންހެނުންނަށް މަސައްކަތް ކުރެވޭނެ ރަނުގެ ފުރުސަތެއް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، 2005 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުވެއިތުގައި އަންހެނުންނަށް ވޯޓުލުމުގެ ހުއްދަދީފައިވާއިރު، ގައުމުގެ ވަޒީރު ކަމަށާއި ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލުމުގެ ހުއްދަ އެގައުމުން ވަނީ އަންހެނުންނަށް ފަހިކޮށްދީފައެވެ.
އެހެންކަމުން ކުވެއިތަކީ އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ، ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބު ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު