މަރިޔަމް ލައިޝާ   14 އޮކްޓޯބަރު 2021 - 13:53
މަތިން ދަމާފައިވާ ކަރަންޓް ކޭބަލްތަކެއް
މަތިން ދަމާފައިވާ ކަރަންޓް ކޭބަލްތަކެއް
އިންޑިއާގެ ހަކަތަ އުފައްދާ ތަންތަނަށް ކޯލް ފޯރުކޮށްދޭ މިންވަރު މަދުވުމާ ގުޅިގެން ހަކަތައިގެ ކާރިސާއެއް ކުރިމަތިވެ، އިންޑިއާގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު ދީފިއެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކުން ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، ހަކަތަ އުފައްދާ އިންޖީނުގެތަކަށް ބޭނުންވާ ވަރަށް ކޯލް ލިބުން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށެވެ. އަދި މީގެ ސަބަބުން އެގައުމުގެ ތަފާތު އެކި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެގައުމުގެ ސްޓޭޓްތަކުން ބުނެއެވެ.

އެގޮތުން މިއީ މިހާތަނަށް އިންޑިއާއަށް ކޯލް ހޯދުމަށް އެންމެ ދަތިވި ވަގުތުކަމަށާއި، މީގެ ކުރިން 2016 ވަނަ އަހަރުވެސް އިންޑިއާއަށް ވަނީ މި ދަތިކަން ތަހައްމަލު ކުރަންޖެހިފައިކަމަށްވެސް، ރޮއިޓަރސްއިން ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާގެ ހަކަތައާ ބެހޭ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިންޑިއާގައި ކޯލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މަރުކަޒުތަކުގެ 80 އިންސައްތަ ޕްލާންޓަކީ ގިނަ ދުވަސްވެގެން ހާލަތު ދަށްވެފައިވާ ތަންތަނެވެ. ރިޕޯޓުތައް ބުނާގޮތުން އެގައުމުގައި މިހާރު ލިބެންހުރި ކޯލް ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ހަފްތާއަކަށް ވެސް ނުދެވޭނެއެވެ.

އިންޑިއާއަށް މިހާރު ހަކަތައިގެ ކާރިސާއެއް ކުރިމަތިވެފައިވާއިރު، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާ ސަރުކާރުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑު

އުފުލަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ބުނަނީ އެގައުމުގައި ކޯލް މަދުވުމުގެ މައިގަނޑު ސަބަބަކީ އެކަށީގެންވާ ވަރަށް އެގައުމުގައި ކޯލް މައިން ނުކުރެވޭތީ ކަމަށެވެ.

އިންޑިއާއަކީ ކޯލް ބޭނުންކޮށްގެން ހަކަތަ އުފައްދާ ގައުމަކަށް ވާއިރު، ބޭނުންވާވަރަށް ކޯލް ނުލިބިއްޖެނަމަ އިންޑިއާގެ ގިނަ ސްޓޭޓްތަކަށް މަޖުބޫރުވާނީ ކަރަންޓާ ނުލާ އުޅޭށެވެ. އެގޮތުން މި މައްސަލައަށް ވީހާވެސް އަވަހަކަށް ހައްލެއް ގެނައުމަށް އެދި ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލްވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން