އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި، އެ ގައުމުގެ އަޑި އަޅާލައިފައިވާ އިގްތިސާދު އާރާސްތު ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 1.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ޗެއާ އުރްސަލާ ވެންޑާލެޔެން ވިދާޅުވީ، އީޔޫއިން ދޭން ނިންމި 1.5 ބިލިއަން ޑޮލަރުގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 250 މިލިޔަން ޔޫރޯ ކަނޑައަޅާފައިވާނެ ކަމަށެވެ.
އެމެރިކާއާއި، އީޔޫ، ޗައިނާ، ތުރުކީ، ރަޝިއާ، އިންޑިއާ އަދި ސައުދީ އަރަބިއާ ހިމެނޭހެން އިއްޔެ ވަނީ ޖީ20ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މި ބައްދަލުވުމަށްފަހު ރިޔާސަތު ބެލެހެއްޓި އިޓަލީއިން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ހާލަތުން އެ ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރޭގައި މިހާރު އަފްޣާނިސްތާނުގެ ވެރިކަންކުރަމުންދާ ތާލިބާން ޖަމާއަތާއިއެކު މަސައްކަތް ކުރަންޖެހުނަސް ފަސްނުޖެހި އެކަން ކުރާން މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެއިތުރުން އީޔޫން ބުނެފައިވަނީ އަފްޣާނިސްތާނަށް ދިނުމަށް ކަނޑައަޅާފައިވާ އެއް ބިލިޔަން ޔޫރޯގެ އެހީ ފޯރުކޮށްދޭނީ އެ ގައުމުގައި ގާއިމުވެގެން ތިބޭ ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުއިއްޔާތައް މެދުވެރިކޮށް ކަމަށާއި، މި އެހީ ފޯރުކޮށްދިނުމުގައި އެގައުމުގައި މިހާރު ވެރިކަންކުރާ ތާލިބާން ޖަމާއަތާއި މުއާމަލާތް ނުކުރާނެ ކަމަށް މި ބައްދަލުވުމުގައި އީޔޫން ބުނެފައިވެއެވެ.
އީޔޫއިން އަފްޣާނިސްތާނަށް އެހީވުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ބޭރުގައުމުތަކުން އެގައުމަށް ދެމުންދާ އެހީތެރިކަން މެދުކަނޑާލައިފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު