އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ހާލުކޮޅުދެރަވެ, ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ކްލިންޓަން އެޑްމިޓްކޮށްފައިވަނީ ޔުނިވަރސިޓީ އޮފް އިރްވައިން މެޑިކަލް ސެންޓަރގައެވެ. އަދި އެ މަނިކުފާނު އެޑްމިޓްކޮށްފައިވަނީ ކުޑަކަމުދާ ނިޒާމުގައި ދިމާވި އިންފެކްޝަނަކާއި ގުޅިގެން ހަށިގަނޑުގައި ދައުރުވަމުންދާ ލޭގައި އިންފެކްޝަން އުފެދިގެންކަމަށާއި، މިވަގުތު ކްލިންޓަނަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކްލިންޓަންގެ ޑޮކްޓަރުން ބުނެފައިވަނީ، އެމަނިކުފާނު އޮންނެވީ އައިސީޔޫގައި ކަމަށާއި، މިހާރުވެސް އެ މަނިކުފާނަށް އައިވީ ފުލުއިޑާއި އެންޓިބަޔޮޓިކްސް ދެމުންދާކަމަށެވެ. އަދި ވަރަށް ގާތުން އެމަނިކުފާނުގެ ހާލުކޮޅު މޮނިޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުންގެ ޓީމް ވަނީ ދީފައެވެ.

ކްލިންޓަން އެމެރިކާގެ ރައީސް ކަން ކުރެއްވީ 1993 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށެވެ. އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އޭނާގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެއެވެ.

އުމުރުން 78 އަހަރުގެ ކްލިންޓަންއަކީ އެތައް އޮޕަރޭޝަނެއް ކޮށްފައިވާ ބޭފުޅަކަށް ވާއިރު، އެ މަނިކުފާނަށް ވަނީ ކެއުން ބަދަލުކޮށް ބަރުދަން ލުއިކުރުމަށްވެސް ޑޮކްޓަރުން އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން