ބޮމުގެ ހަމަލާއަށް ފަހު މިސްކިތް ސާފުކުރަނީ
ބޮމުގެ ހަމަލާއަށް ފަހު މިސްކިތް ސާފުކުރަނީ
އަފްޣާނިސްތާނުގެ އަވަށެއް ކަމަށްވާ ކަންދަހާރުގައި ހުންނަ، ބިބީ ފާތިމާ މިސްކިތުގައި ދިން ބޮމުގެ ހަމަލާއެއްގައި 47 މީހުން މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އިއްޔެ ހުކުރު ނަމާދު ވަގުތާ ދިމާކޮށް ގިނަބަޔަކު މިސްކިތައް ޖަމާވަމުން ދިޔަ ގަޑީގައެވެ. މި ހާދިސާގައި 47 މީހުން މަރުވެފައިވާއިރު، 70 މީހުންނަށް ވަނީ ތަފާތު އެކި އަނިޔާ ލިބިފައިކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.

މި ހަމަލާއާ ގުޅިގެން އައިސިސްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނަނީ ހުކުރު ނަމާދަށް މިސްކިތައް މީހުން ޖަމާވަމުން ދިޔަ ވަގުތު ގޮވާޒާތުގެ ތަކެތި އެކުލެވޭ ވެސްޓެއް އަޅައިގެން ހުރި މީހަކު ވާނީ އެ ސަރަހައްދަށް ފޮނުވާފައިކަމަށެވެ. މި ހަމަލާއާއެކު، މި ކަމުގަައި އައިސިސްގެ އަތެއް ވާނެކަމަށް އެތަކެއް ބައެއް ދިޔައީ ބުނަމުންނެވެ.

މިދިޔަ ހުކުރު ދުވަހުވެސް ހުކުރު ވަގުތާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން މިސްކިތައް ޖަމާވަމުން ދިޔަ ވަގުތު އައިސިސްއިން ވަނީ ގޮވާ ޒާތުގެ ތަކެތި އެކުލެވޭ ވެސްޓެއް އަޅުވާފައި ހުރި މީހަކު އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި އެ ދުވަހު ހިނގި ހާދިސާގައި 43 މީހުން މަރުވެފައިވާއިރު، 143 މީހުން އެހާދިސާގައި ޒަހަމްވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން