އިނގިރޭސި ވިލާތުގެ މަޖިލިސް މެމްބަރެއް ކަމުގައިވާ ޑޭވިޑް އެމެސް އަނިޔާވެރިގޮތަކަށް މަރާލައިފިއެވެ.
އިނގިރޭސި ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވާ 69 އަހަރުގެ ޑޭވިޑް އެމެސް މަރާލާފައިވަނީ ޔަހޫދީންގެ ފައްޅިއެއްގެ ތެރޭގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށް އޭނާގެ ގަޔަށް އެތައް ފަހަރަކު ވަޅި ހަރައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން އޭނާއަށް ވަގުތުން ފަރުވާ ދީފައިވާކަމަށާއި، އެހެންނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާއި ގުޅިގެން މިހާރު ވަނީ 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މި ހާދިސާ ހިންގާފައިވަނީ ކޮން މަގުސަދެއްގައި ކަމެއް އަދި މިހާތަނަށް އެނގިފައި ނުވާކަމަށް މީޑިއާތަކުން ބުނެއެވެ.
ޑޭވިޑްއެމެސް އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ މަޖިލިސް މެމްބަރުން ގެންދަވަނީ އޭނާގެ އާލިއާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ. އަދި އޭމެސްގެ ހަނދާނުގައި އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގެ ދިދަ ވެސް ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު