އިންޑިއާގެ މޫސުން އިންތިހާއަށް ގޯސްވެ، އެ ގައުމުގެ ކެރެލާގެ ސްޓޭޓްގެ އެކި ސަރަހައްދު ތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ހަ މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން، އިންޑިއާގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ކެރެލާ ސްޓޭޓަށެވެ. ކެރެލާގެ ދެކުނަށާއި، މެދުތެރެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، މިހާތަނަށް ވަނީ 6 މީހުން މަރުވެ، 15 އަށްވުރެ ގިން މީހުން ގެއްލިފައެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކެރެލާ ސަރުކާރުން ވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާގެ އެއަރ ފޯހުގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ކޮޓާޔަމް، އިއްދުއްކީ އަދި ޕަތަނަމްތިއްޓާ ފަދަ ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު، ކޮޓާޔަމްގެ މީނާޗިލް ކޯރާއި މަނިމާލާ ކޯރު ފުރިގެން ބަންޑުންވަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މިއީ ސީރިއަސް ހާލަތެއް ކަމަށް ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރާއީ ވިޖަޔަން ވަނީ ސިފަކުރައްވާފައެވެ. އަދި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކެރެލާގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭތީ، އިންޑިއާގެ މެޓް އޮފީހުން ރަތް އެލަރޓްވެސް ނެރެފައިވާކަމަށް ޕިނަރާއީ ވިދާޅުވިއެވެ.
އެހެންނަމަވެސް އެންމެ ފަހުން ބެލި ބެލުމުން މި ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ދައްކާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު