ޖީއެމްއާރަށް އެއަރޕޯޓް ދިނީ އިޤްތިޞާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކުގެ އެހީގައި ޓެންޑާކޮށް ކާމިޔާބު ހޯދީ ޖީއެމްއާރުން ކަމަށެވެ. އަދި އިންޑިއާގެ އެ ކުންފުންޏާއި އެއާޕޯޓް ހަވާލު ކުރީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖީއެމްއާރާއި އެއަރޕޯޓްގެ ހިންގުން ޙަވާލުކުރިއިރު ވެރިކަމުގައި ހުންނެވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އޭރުގެ ބޭނުމަކަށްވީ އެއަރޕޯޓް ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުން ކަމަށެވެ.
"އޭރުވެސް، މިހާރުވެސް މާހިރުން ބުނަމުން ދިޔައީ ބޭނުން ވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާ ކުރުމަށް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އާބިޓްރޭޝަނުން ވަނީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

Hulhule airport tharaggee kurumuge masakkaiy 2010 ga World Bank ge eheega tender koh kaamiyaab kuri GMR ah havaal kurevunee Raajje ge iqthisoadh 2 guna kurumuge niyathuga. Eyruves, mihaaruves maahirun bunamun dhiyaee beynunvanee terminal bodukoh alun binaakurumah kamah
— Mohamed Nasheed (@MohamedNasheed) October 17, 2021
ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އާބިޓްރޭޝަނުން ވަނީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ހިޔާލު