އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ޖެނެރަލް ކޮލިން ޕަވަލް ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.
ޖެނެރަލް ކޮލިން ޕަވެލް އަވަހާރަވެފައިވަނީ އުމުރުން 84 އަހަރުގައެވެ. އަދި މިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޕަވަލްގެ އާއިލާގެ ފަރާތުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން މި ބަޔާނުގައި އާއިލާއިން ބުނެފައިވަނީ ކޮލިން ޕަވަލް އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ. އަދި އޭނާ ހުންނެވީ ކޮވިޑް-19 އިން ދިފާއުވުމަށްޓައި ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރައްވައިގެން ކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޖެނެރަލް ޕަވަލް އަވަހާރަވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. މި މެޑިކަލް ސެންޓަރަކީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިތުބާރުހުރި މެޑިކަލް ސެންޓަރ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ޖެނެރަލް ކޮލިން ޕަވަލް އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވީ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައި 2001ން 2005 އަށެވެ.
ޖެނެރަލް ކޮލިން ޕަވަލް އަސްކަރިއްޔާއިން ރިޓަޔަރ ކުރެއްވީ 1993 ވަނަ އަހަރު އެވެ. އޭރު ޕަވަލް އަކީ ހަތަރު ތަރީގެ ޖެނެރަލެކެވެ. އޭރު އޭނާއަކީ އެމެރިކާގެ އެއްގަމާއި ވަޔާއި ކަނޑާ ގުޅިފައިވާ ލަޝްކަރުތަކުގެ އިސްކޮމާންޑަރުންގެ ކޮމިޓީގެ ވެރިޔާއެވެ. ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފެވެ. އެގޮތުން، ޕެނަމާގެ ވެރިޔާ އެންޓޯނިއޯ ނޮރިއޭގާ މަގާމުން ދުރުކޮށް ހައްޔަރު ކުރުމަށް އެމެރިކާއިން އޮޕަރޭޝަނެއް ހިންގާފައިވަނީ ޕަވަލްގެ އަސްކަރީ ޗެއަރމަންޝިޕްގެ ދައުރުގައެވެ.
ޖެނެރަލް ކޮލިން ޕަވަލްއަކީ އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވި، ބޭފުޅުންގެ ތެރެއިން ކަޅު ނަސްލަށް ނިސްބަތްވާ ފުރަތަމަ މީހާއެވެ. އަދި އޭނާއަކީ އެމެރިކާގެ އަސްކަރިއްޔާގެ ތާރީޚުގައި ވެސް ޑިފެންސް ހައިރާކީގެ އެންމެ މަތީ މަގާމު ފުރުއްވި ކަޅު ނަސްލަށް ނިސްބަތްވާ ފުރަތަމަ ކޮމާންޑަރެވެ.

ކިޔުންތެރިންގެ ހިޔާލު