އަފްޣާނިސްތާނުގެ ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވާ އަންހެން ކުދިންނަށް ވަރަށް އަވަހަށް ސްކޫލްތައް ހުޅުވާލާނެކަމަށް ތާލިބާނުން ބުނެފިއެވެ.
އިއްޔެގެ ވަގުތެއްގައި ތާލިބާނުންގެ އިންޓީރިއަރ މިނިސްޓަރ ސަރާޖުއްދީން ހައްގާނީ ވަނީ މިކަން މީޑިއާތަކަށް ހާމަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އަންހެން ދަރިވަރުންނަށް ސެކަންޑްރީ ސްކޫލްތައް ވަރަށް އަވަހަށް ހުޅުވާލާނެކަމަށާއި، ސްކޫލުތައް ހުޅުވާނެ ތާރީޚް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރާނެކަމަށެވެ.
އޮގަސްޓް މަހު އަފްޣާނިސްތާންގެ ވެރިކަމަށް ޠާލިބާނުން އައި ފަހުން އަންހެން ކުދިންނާއި އަންހެން މުދައްރިސުން ވެސް ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. އެނިންމުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ޠާލިބާނުންނަށް އަމާޒުވެފައެވެ.
ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައުމަށް ފަހު ބުނެފައި ވަނީ އަންހެން ކުދިން މިވަގުތު ސްކޫލަށް ނުގޮސް ގޭގައި މަޑުކުރަން ޖެހެނީ އެކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.
1990 ގެ އަހަރުތަކުގައި ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ކުރިއިރު އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މުޅިން މަނާކޮށްފައެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުން ވެސް އޮތީ މަނާކޮށްފައެވެ. މިފަހަރު ވެސް ޠާލިބާނުންނަށް ވެރިކަން ލިބުމުން އެންމެ ގިނަ މީހުން ކަންބޮޑުވި ސަބަބަކީ ކުރީގެ ތާރީޚް ޠާލިބާނުން ތަކުރާރުކޮށްފާނެތީއެވެ.
އަފްޣާނިސްތާނުން ސެކަންޑްރީ ސްކޫލުތައް ހުޅުވަން ނިންމާފައި މިވަނީ އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޠާލިބާނުން ވެފައިވާ ވައުދު ނުފުއްދާ ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު