ރެސްކިއު ޓީމް މީހުންނަށް އެހީވަމުން ދަނިކޮށް
ރެސްކިއު ޓީމް މީހުންނަށް އެހީވަމުން ދަނިކޮށް
އިންޑިއާގެ ކެރެލާގައި އާދަޔާ ހިލާފަށް މޫސުން ގޯސްވެ، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ބުނީ ކެރެލާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާތަކެއް ވަނީ ކުރިމަތިވެފައިކަމަށެވެ. އަދި މި ނުރައްކާތެރި ހާދިސާތަކުގައި 35 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށްވެސް އެ ފޯސްއިން ވަނީ ބުނެފައެވެ. މި ހާދިސާގައި އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން އޮފިޝަލުން ބުނީ ރެސްކިއު ޓީމުން މިހާރުވެސް އެ ސަރަހައްދުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ކޯރުތައް ފުރިގެން މަގުތަކުގައި އިތުރަށް ފެންބޮޑުވަމުންދާތީ ކެރެލާގެ މީހުން ރައްކާތެރި ހިސާާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިހާތަނަށް 100 ސަރަހައްދެއްގައި ކޭމްޕް ޖަހައި ހާހަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާކަމަށްވެސް ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާގެ އަސްކަރީ ފައުޖުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑިޒާސްޓާރ ރެސްޕޮންސް ފޯހުން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިންޑިއާގެ ގިނަ ސަރަހައްދު ތަކަކަށް ރީނދޫ އެލާޓް ނެރެފައިވާއިރު، އިންޑިއާ ސަރުކާރުން ބުނީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އާއްމުން އަމަލުކުރުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ގެއްލުންވަމުންދާ ސްޓޭޓްތަަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އިންޑިއާ ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން