ބޮރިސް ޖޯންސަން
ބޮރިސް ޖޯންސަން
ދޮގު މައުލޫމާތު އެކުލެވޭ ކޮންޓެންޓް އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބޮރިސް ޖޯންސަން މިހެން ވިދާޅުވީ, އަލަށް އެކުލަވާލާ އިންޓަރނެޓްގެ ސޭފްޓީއާ ގުޅޭ އައު ގާނޫނާއެކު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާތީ، ދޮގު މައުލޫމާތު ހިމެނޭ ކޮންޓެންޓް އުފައްދާ މީހުންނާމެދު އެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ވާތީއެވެ.

މިގާނޫނު ފާސްކުރުމަށްޓަކައި, މިއަހަރު ނިމުމުގެ ކުރިން ގާނޫނު ހަދާ މަޖިލީހަށް ބިލު ފޮނުއްވާނެ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެ އޭނާ ވިދާޅުވީ, މިއީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސޯޝަލް މީޑިއާގެ ހުރިހާ ފްލެޓްފޯމެއްގައި މުޖުތަމައަށް ނޭދެވޭ މެސެޖްތަކާއި ކޮންޓެންޓް އަޕްލޯޑްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ހިމާޔަތުގައި އަޅާފައިވާ މިފިޔަވަޅުގެ ބޭނުމަކީ, ހަމަނުޖެހުން އިތުރުވުމާއި، ސައިބަރ ބުލީކުރުމާއި، ކުޑަކުދިންނަށް ކުރާ ގޯނާފަދަ އަމަލުތައް ހުއްޓުވުމެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއުސޫލުގެ ދަށުން, މިފަދަ ވީޑިއޯތަކާއި ކޮންޓެންޓްތައް ސޯޝަލް މީޑިއާއިން ނެގުމުގެ ޒިންމާ އަދާކުރަންޖެހޭނީ އެޚިދުމަތްތައް ދޭ ފަރާތްތަކުންނެވެ. އަދި މިކުންފުނިތަކުން އެދެވޭގޮތަށް ގަވާއިދުގެ މަތިން މި މަސައްކަތް ނުކޮށްފިނަމަ ކުންފުނީގެ ވެރިންނާމެދު ގާނޫނީ ފިޔަވަޅު އަޅައި, ޖޫރިމަނާކުރުމުގެ އިތުރުން ޖަލު ހުކުމެއް ކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ދިވެހި މީހާ

23-Oct-2021

މިކަހަލަ ހަރުކަށި ކަމެހ ނުކެރޭނެ ރާއްޖޭގަ ކުރާކަށް. ސޯޝަލް މީޑިއާގަވެސް މިއޮއް ފަތުރާހާ ދޮގު ހަބަރަކުން އެއްބަޔަކު މިތިބެނޭ ވަަނުވާގަ.



ޓްރެންޑިން