އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ކޮމިޝަންގެ މެމްބަރުން
އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ކޮމިޝަންގެ މެމްބަރުން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތުގެ މައްސަލަ ބެލުމަށް ހަތަރު މިލިއަން ރުފިޔާގެ ބަޖެޓަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން ބޮޑުޚިޔާނާތުގެ މައްސަލައެއް ބަލަން 8 މަސް ހޭދަވާ ކަމަށެވެ. އެހެންކަމުން އިތުރު ހަތަރު މިލިއަން ރުފިޔާގެ ބަޖެޓަކާއި، 12 މުވައްޒަފުން އިތުރުކޮށްދިނުމަށް އެދޭކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި 338 މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނުން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް ނިމިފައިވަނީ އެންމެ 38 މައްސަލަ ކަމަށެވެ. އަދި އޭގެތެރެއިން ޕީޖީއަށް ފޮނުވާފައިވަނީ 8 މައްސަލަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ މެއިމަހު މަޖިލީހަށް ފޮނުވި ބޮޑުހިޔާނާތުން ފައިސާ ލިބުނު މީހުންގެ ލިސްޓްގައި 281 ނަމެއް އޮތެވެ. ނަމަވެސް މަޖިލީހުން އެ ލިސްޓް ޢާއްމުކުރުމާ ގުޅިގެން އެލިސްޓުގައި ނަންއޮތް ގިނަ ފަރާތްތަކަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ބޭބެ

28-Oct-2021

މަސްއަލަ ތަކަކީ ބަޖަޓުން ބެލޭނެ އެއްޗެއްނޫން މައްސަލަތައް ބަލަން ބޭނުންވަނީ ހެޔޮ ނިޔަތާއި އިޚްލާޞްތެރިކަން އެހެނަސް މިފެންނަނީ އޭ.ސީ.ސީ /އެހް އާރ.ސީ އެމް. ފަދަ މުވައްސަސާތަކުން ކޮމިޝަން ތަކަކި ނަމަކުންއޮންނަ ތަންތައް ކަމަށް ސިފަވާގޮތަށް މަސައްކަތް ކުރާތަން



ޓްރެންޑިން