ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރުން ލާޒިމުވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލުގައި ބުނެފައިވަނީ އެބިލަކީ ގެދޮރު ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ އެންމެހައި ޙައްޤުތައް ބަޔާންކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްވާފައިވަނީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
މިއަދު ފާސްކުރި ބިލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭން ވާނީ، ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީކޮށްގެން ކަމަށެވެ.
އަދި ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅައި ހުއްދަ ދިނުމުންކަމަށާއި ކައުންސިލްތަކުން ކުއްޔަށް ދޫކުރާ ތަންތަނުގެ ދަފްތަރު ބަލަހައްޓަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ އެއްބަސްވުން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށްދޭންޖެހޭނެ ކަމަށް ވެސް މިއަދު ފާސްކުރި ބިލުގައި ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 48 މެމްބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު