ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 20 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ހައިކޯޓުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް މިޙުކުމް އިއްވާފައިވަނީ އުމުރުން 4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ.
ހަސަން ރަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުންވަނީ ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމާފައެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.
ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ހަސަން ރަޝީދު 20 އަހަރަށް ޖަލަށް ލުމަށް ކަނޑައަޅާ ކަމަށެވެ. ނަމަވެސް ބަންދުގައި މިހާތަނަށް ހޭދަކުރި 4 އަހަރާއި 2 މަހާއި 4 ދުވަސް އުނިކުރުމުން ޙަސަން ރަޝީދު ޖަލުގައި އިތުރަށް ހޭދަކުރަން ޖެހޭނީ 15 އަހަރާއި 9 މަހާއި 26 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު