ރަފެލްސް މޯލްޑިވްސް މެރަދޫ ކައިރީ ބަންޑުން ޖަހާލާފައި އޮތް ބޯޓެއް އޮޔާ ދަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ގާތްގަނޑަކަށް 100 ފޫޓު ދިގުމިނުގެ އެބޯޓު ބަންޑުން ޖަހާފައިވާ ވީޑިއޯއެއް ދައުރުވަމުންދާއިރު އެކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާފައި އޮތް ބޯޓެއް އޮޔާ ދާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި އަދި އެއީ ކޮންދުވަހަކު ހިނގި ހާދިސާއެއް ކަން އެނގިފައި ނުވާ ކަމަށެވެ.

ހުވަދޫ އަތޮޅު ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލާފައިވާ ބޯޓެއްގެ ވިޑިއޯއެއް ދައުރުވާން ފަށާފައިވާއިރު ހުވަދޫ ކަނޑުގައި ދަތުރުކުރަމުން ދާ ބޯޓަކަށް ދިޔަވާތީ އެމްއެންޑީއެފުންް ދަނީ ޙަރަކާތްތެރިވަމުންނެވެ.

ނަމަވެސް ދައުރުވާ ވިޑިއޯއަކީ ކަނޑައެޅިގެން ކޮން އިރަކު ނަގާފައިވާ ވިޑިއޯއެއް ކަމެއް ޔަގީނެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން