ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ޖީ20ގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓް ނިންމަވާލައްވަމުން އެއްބަސްވެވަޑައިގެންފިއެވެ.
މި ސަމިޓް ނިންމަވާލައްވަމުން ޖީ20ގެ ގައުމުތަކުގެ ލީޑަރުން ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެކަށީގެންވާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. ނަމަވެސް މޫސުމީ ބަދަލުތަކަށް ހައްލު ގެނައުމަށް ކުރެވޭނެ މަސައްކަތްތަކަކާމެދު ލީޑަރުންނަށް ވަނީ އެއްބަސްވުމަކާ ހަމައަށް ނާދެވިފައެވެއެވެ.
އިޓަލީގެ ރޯމުގައި ކުރިޔަށްދިޔަ ޖީ20ގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓް ވަނީ ކޮޕް26 އަށް ނިންމާލާފައެވެ. އެގޮތުން ޖީ20 ސަމިޓުން މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ހަރުދަނާ ނިންމުންތަކެއް ނިންމާފައިނުވާތީ އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވައި އުއްމީދުކުރި ގޮތަށް ކަންތައް ގޮސްފައި ނުވާކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދު ހިއްސާކުރާ 20 ގައުމުގެ ލީޑަރުން ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އެއްބަސްވެވަޑައިގެންފައިވާއިރު، އެކަންކުރުމަށް ހަރުދަނާ އެކަށީގެންވާ ފިޔަވަޅުތަކެއް ހުރިހާ ގައުމަކުން އެޅުމަށް ވެސް ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އަޅާނެ މި ފިޔަވަޅުތަކަކީ ކޮބައިކަން ހާމަކޮށްފައެއްނުވެއެވެ.
މީގެއިތުރުން ޖީ20ގެ ލީޑަރުން ވަނީ، ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމަށް ފަންޑުކުރުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެގައުމުތަކުގައި ކުރިޔަށްދާ މިފަދަ މަޝްރޫޢުތައް ހުއްޓާލާނެ ވަކި ތާރީޚެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
އދ. ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް އެއްބަސްވުމަކާ ހަމައަށް ނާދެވުނުނަމަވެސް ކޮޕް26 ގައި އެކަންކަން ފުރިހަމަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ޖީ20ގެ ގައުމުތަކުގެ ލީޑަރުންނަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ޓައިމްލައިނެއް އެކުލަވާލެވިފައި ނެތުމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު