އެމްޑީޕީގެ މުސްތަޤުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރަށްވާ ހަސަން ލަތީފް ވިދާޅުވީ, އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިހާރު ނިންމާލެވިފައިވާއިރު، ޕާޓީގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
މިރޭގެ ޖަލްސާގައި ހަސަން ވިދާޅުވީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވުނީ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ. ނަމަވެސް ދެރައީސުންގެ މަސައްކަތްތަކުން ޕާޓީގެ މުސްތަޤްބަލް ފެނިގެންދަނީ ވަރަށް އުޖާލާކޮށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
ޙަސަން ވިދާޅުވީ ނިމިގެންދިޔަ ޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ކަންކަމަށް ޖުމްލަ 2.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އިންތިޚާބުގައި ވޯޓުލާން 47،100 މީހުން ނިކުމެފައިވާއިރު މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން 50.31 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު