އިންޑިޔާއިން ނެޓް ޒީރޯގެ ޓާގެޓަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އިލެކްޓްރިކް ވެހިކަލް ޗާރޖިންގ ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުން އިއުލާންކޮށްފިއެވެ.
އެގޮތުން 2070 ވަނަ އަހަރު ނެޓް ޒީރޯގެ ޓާގެޓަށް ވާސިލްވުމަށް އިންޑިއަން އޮއިލް ކޯރޕް (އައިއޯސީ) އިން ކުރިޔަށް އޮތް ތިން އަހަރު އިންޑިއާގެ އެކި ހިސާބުތަކުގައި 10،000 އިލެކްޓްރިކް ވެހިކަލް ޗާރޖިންގ ސްޓޭޝަން ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް އެކުންފުނީގެ ޗެއާރމަން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ބާރަތު ޕެޓްރޯލިއަމް ކޯރޕް (ބީޕީސީއެލް) އިން ވެސް ވަނީ އެފަދަ 7000 ސްޓޭޝަން ކުރިއަށް އޮތް އަހަރުތަކުގައި ގާއިމްކުރާނެކަމަށް ބުނެފައެވެ. މީގެއިތުރުން ހިންދުސްތާން ޕެޓްރޯލިއަމް ކޯރޕް (އެޗްޕީސީއެލް) އިން ވެސް ވަނީ ކުރިޔަށްއޮތް ތިން އަހަރުގެ ތެރޭގައި 5000 އިލެކްޓްރިކް ޗާޖިންގ ސްޓޭޝަން ގާއިމްކުރާނެކަމަށް ބުނެފައެވެ.
މި ކުންފުނިތަކުން މިގޮތަށް އިލެކްޓްރިކް ވެހިކަލް ޗާރޖިންގ ސްޓޭޝަންތަކެއް ގާއިމްކުރަން ނިންމީ އިންޑިއާއިން ނެޓް ޒީރޯއަށް ވާސިލް ވެވޭނެ ތާރީޚު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާންކުރެއްވުމުންނެވެ. އެގޮތުން ކޮޕް26 ސަމިޓްގައި މޯދީ ވިދާޅުވީ އިންޑިއާއިން ނެޓް ޒީރޯއަށް ވާސިލްވާން ނިންމާފައިވަނީ 2070 ވަނަ އަހަރުކަމަށެވެ.
އައިއޯސީއަކީ އިންޑިއާގެ އެންމެ ބޮޑު, ތެއު އުފައްދާ އަދި ވިއްކާ ކުންފުންޏެވެ. މުޅި ދުނިޔެއަށް ބަލާއިރު އެންމެ ގިނައިން ތެލާއި ގޭސް ނުވަތަ ހަކަތަ އުފައްދާ ކުންފުނިތަކުން ވަނީ 2050 ވަނަ އަހަރު އަންނަންވާއިރަށް, ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ ސިޔާސަތު ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު