ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ހެޑް ވިދާޅުވެއްޖެއެވެ.
ޔޫރަޕް ސަރަހައްދުގެ 53 ގައުމުގައި މިހާރު ކޮވިޑް ފެތުރެމުން އަންނަނީ ނުރައްކާތެރި މިންވަރަކަށް ކަމަށާއި ކޭސްތައް ކުރިއަށް އޮތްތަނުގައި ރިކޯޑް މިންވަރަކަށް މައްޗަށް ދާނެކަމަށް ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ހެޑް, ހާންސް ކްލުގް ވިދާޅުވިއެވެ.
ޔޫރަޕް ސަރަހައްދުގައި މިހާރު ކޭސްތައް އިތުރުވާ މިންވަރު ހުރީ 6 އިންސައްތައިގައި ކަމަށާއި، ފާއިތުވި ހަފްތާގައި މުޅި ޔޫރަޕުން 1.8 މިލިއަން ކޭސް ފެނިފައިވާކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ. އަދި ހަމަ މި މުއްދަތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް ވަނީ 12 އިންސައްތަ އިތުރުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާންސް ވިދާޅުވީ މިހާރު މިދާގޮތަށް ދާނަމަ ޔޫރަޕުން ކުރިޔަށްއޮތް ފެބްރުއަރީ މަސް އަންނަންވާއިރަށް އިތުރު ފަސް ލައްކަ މީހުން ބަލީގައި މަރުވާނެކަމަށެވެ. އެހެންކަމުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ހާންސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު