ސޫދާންގެ ސިފައިން މިދިޔަ ހަފްތާގައި އެގައުމަށް ގެނައި ބަޣާވާތައް ފަހު ހައްޔަރުކުރި ހަތަރު ވަޒީރުން ދޫކޮށްލަން ސޫދާންގެ ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރުހާން ނިންމަވައިފިއެވެ.
ބަޣާވާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖެނެރަލް އަބްދުލް ފައްތާހް މިކަން އިއުލާން ކުރެއްވީ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައެވެ. އެގޮތުން ބަންދުން ދޫކޮށްލަން ނިންމާފައިވަނީ ސޫދާންގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ހާޝިމް ހައްސާބް އަލްރަސޫލް، ޓްރޭޑް މިނިސްޓަރު އަލީ ގެދޯ، އިންފޮމޭޝަން މިނިސްޓަރު ހަމްޒާ ބަލޯލް، އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޔޫސުފް އާދަމެވެ.
ނަމަވެސް ހައްޔަރުކޮށްފައިވާ މި ހަތަރު ވަޒީރުން ދޫކޮށްލަން ނިންމި ކަމުގައި ވީނަމަވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަމްދޫކް ގޭބަންދުގައި ބެހެއްޓުމަށް ސިފައިން ވަނީ ނިންމާފައެވެ.
ސޫދާންގެ ބަޣާވާތާއި ގުޅިގެން އެގައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުވުމަށް އދ އިން ވަނީ ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި ސިފައިން މި ހަތަރު ވަޒީރުން ބަންދުން ދޫކޮށްލަން ނިންމީ ވެސް މިކަމާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އެގޮތުން އދ އިން މިހާރު ވަނީ ސޫދާންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަންދޫބަކު ވެސް އައްޔަން ކޮށްފައެވެ. އަދި އދ އިން ބާރުއަޅަނީ ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފައިވާ އަބްދުﷲ ހަމްދޫކް އަލުން މަގާމަށް ގެންނާށެވެ. އެކަމުގެ މަޝްވަރާތައް ސިފައިންނާއިއެކު ކުރާނެ ކަމަށް އދ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު