ޗައިނާގެ އާބާދީގެ 75.96 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.
ޗައިނާގެ އާބާދީ 1.4 ބިލިއަނަަށް އަރާއިރު، މިހާތަނަށް އެގައުމުގެ 1 ބިލިއަނަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިއާއެކު ޗައިނާގެ އާބާދީގެ 75.96 އިންސައްތަ މީހުންނަށް މިހާރު ވަނީ ވެކްސިން ދެވިފައިކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން، އެގައުމުގެ 37.97 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ބޫސްޓަރޝޮޓް ދީފައިވާއިރު، މުޅިއެކު ވެކްސިންގެ 2.1 ބިލިއަން ޑޯޒް އެގައުމުގައި ދީފައިވާ ކަމަށްވެސް ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާއިން ތައްޔާރުކުރި މައިގަނޑު ދެ ވެކްސިނަކީ ސިނޯވެކާއި ސިނޮފަރމެނެވެ. މިދެވެންސިނަކީ ވެސް 3 އަހަރުން މަތީގެ ކުދިންނަށް ޖެހޭގޮތަށް ހުއްދަ ދީފައިވާ ދެ ވެކްސިނެވެ.
މިހާރު ޗައިނާގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީފައިވީނަމަވެސް، އަނެއްކާވެސް ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކޮވިޑްގެ ކޭސްތައް އިތުރުވިޔަ ނުދީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގެ ބޯޑަރ ސަރަހައްދުގައި މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު