އަވަށްޓެރި ސްރީލަންކާގެ މޫސުން އިންތިހާއަށް ގޯސްވެ 18 ސަރަހައްދަކަށް ރަތް ސަމާލު ނެރެފިއެވެ.
އެ ގައުމުގެ ޑިޕާާޓްމެންޓް އޮފް މީޓްރޮލޮޖީން ބުނީ، މޫސުން އިންތިހާއަށް ގޯސްވެދާނެކަމަށް ލަފާކޮށް އެ ގައުމުގެ 18 ސަރަހައްދަކަށް މިހާރު ވާނީ ރަތް ސަމާލު ނެރެފައިކަމަށާއި، ދެން ހުރި ސަރަހައްދުތަކަށް ވާނީ އޮރެންޖު ސަމާލު ނެރެފައިކަމަށެވެ.
ލަންކާގެ މީޓްރޮލިޖިކަލް ޑިޕާޓްމަންޓުން ބުނީ ހުޅަނގާއި، ހުޅަނގު އުތުރު، އަދި އުތުރު ޕްރޮވިންސްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ސަރަހައްދުތަކުގެ އިތުރުން ލަންކާގެ ކެންޑީ، ނޫރަލިޔާ، ގަލީ އަދި މަޓާރާ ޑިސްޓްރިކްޓަށްވެސް ލަންކާގެ މެޓުން ވަނީ މޫސުމުގެ އިންޒާރު ދީފައެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑިިއިރު، ގިނަ ސަރަހައްދުތަކަށް 150 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް ލަންކާގެ މީޓްރޮލިޖިކަލް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.
މޫސުން ގޯސްވެ ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އަވަށްޓެރި އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށްވެސް ދަނީ ކުރަމުންނެވެ. މި ވިއްސާރައިގައި ލަންކާގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެސަރަހައްދު ތަކުން ނުވަ މީހަކު މަރުވެފައިވާއިރު ދެ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަށްވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ލަންކާގެ މީޓްރޮލޮޖިކަލް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު