ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާއެކު އެގައުމުގެ ސަރުކާރުން މަޝްވަރާތައް ފަށައިފި އެވެ.
މީޑިޔާތަކުން މިކަން ރިޕޯޓްތަކުރީ ޕާކިސްތާނުގެ ގައުމީ ޓީވީ މެދުވެރިކޮށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދް ޗައުދަރީ ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އެގޮތުން ޗައުދަރީ ވިދާޅުވީ, ޕާކިސްތާނުގައި ހަރަކާތްތެރިވާ ތެހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) އާއެކު މިހާރު ވަނީ މަޝްވަރާތައް ފަށާފައި ކަމަށެވެ. އަދި މި މަޝްވަރާތަކުގައި އެއްވެސް ހަމަލާއެއް ޕާކިސްތާނުގައި ނުދޭން ތާލިބާނުން ވަނީ އެއްބަސްވެފައި ކަމަށް ވެސް ޗައުދަރީ ވިދާޅުވިއެވެ.
ޓީޓީޕީއަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންގެ ޖަމާޢަތުގެ ބަޔެކެވެ. މީގެ ތެރެއިން ގިނަ މެމްބަރުން މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ އަފްޣާނިސްތާނުގައިކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ޕާކިސްތާނަކީ 2007 ވަނަ އަހަރު އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރަންފެށި ހަނގުރާމައަށް ތާއީދުކުރާ ގައުމެކެވެ. މިއާއެކު, ޓީޓީޕީއިން ވަނީ ޕާކިސްތާނުގައި ގިނަ ހަމަނުޖެހުންތަކެއް ހިންގާފައެވެ.
ޓީޓީޕީއަކީ ޕާކިސްތާނުގައި މަނާކޮށްފައިވާ ގްރޫޕެކެވެ. އެހެންނަމަވެސް ޗައުދަރީ ވިދާޅުވީ އެ ގްރޫޕާއެކު މަޝްވަރާކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު