ސައުތު އެފްރިކާގެ ކުރީގެ ރައީސް އެފް ޑަބްލިއު ޑި ކްލަރކް އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 85 އަހަރުގެ ކްލަރކް އަވަހާރަވީ ބުރާސްފަތި ދުވަހު އޭނާގެ ގެކޮޅުގައެވެ. އެ މަނިކުފާނު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އެފްޑަބްލިއު ޑި ކްލަރކް ފައުންޑޭޝަންގެ ތަރުޖަމާނު ޑޭވް ސްޓެވާޑް ވަނީ ކްލަރކް އަވަހާރަވެފައިވާކަން ބައިނަލްއަޤްވާމީ މީޑިއާތަކަށް ކަށަަވަރު ކޮށްދެއްވާފައެވެ.
ސައުތު އެފްރިކާގައި 1989 އިން 1994 އަށް ވެރިކަން ކުރެއްވި ކްލަރކްއަކީ އެޤައުމުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަން ނިމުމަކަށް ގެންނެވި ލީޑަރުވެސްމެއެވެ.
ނެލްސަން މަންޑޭލާ ޖަލުން މިނިވަންކުރައްވާ، މަންޑޭލާއަށް ރައީސް ކަމުގެ ފަތްކޮޅު އެރުއްވީވެސް ކްލަރކެވެ.
ޑި ކްލަރކް އަވަހާރަވިއިރު އެމަނިކުފާނުގެ އަނބިކަނބަލުން އެލީޓާއާއި ދެ ދަރިކަލުން ކަމަށްވާ ސޫޒަން އާއި ޖާންގެ އިތުރުން ކާފަ ދަރިން ވެސް ދުނިޔޭގައި އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު