ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން މިއަދުން ފެށިގެން ނެދަރލެންޑްސްގައި ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ހާމަކުރައްވައިފިއެވެ.

އެގޮތުން ރެސްޓޯރެންޓްތަކާއި ފިހާރަތައް އަވަހަށް ބަންދުކުރުމާއި ބޮޑެތި ކުޅިވަރު މުބާރާތްތައް ބެލުމަށް މީހުން ވަނުމުގެ ފުރުސަތު ނުދިނުމަށްވެސް ނެދަލޭންޑްސްގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރައްވަމުން ނެދަރލެންޑްސްގެ ބޮޑުވަޒީރު މާރކް ރޫޓާ ވިދާޅުވީ މިފިޔަވަޅުތައް ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ދެމި އޮންނާނެކަމަށެވެ. އަދި މިގޮތަށް ފިޔަވަޅު އަޅަންޖެހުނީ ގައުމުގެ ހުރިހާ ހިސާބަކަށްވެސް ކޮވިޑް ފެތުރިފައިވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއތުރުން، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ދެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސުޕަރމާކެޓްތަކާއި ޒަރޫރީނޫން ތަކެތި ވިއްކާ ތަންތަން އަވަހަށް ބަންދުކުރުމާ އިޖުތިމާއީ ގައިދުރުކަން ގެންގުޅުން ހިމެނެއެވެ. އަދި ގޭގެއަށް ޒިޔާރަތްކުރާއިރު ހަތަރު މީހުންނަށްވުރެ ގިނައިން ނުދިޔުމަށްވެސް ވަނީ އަންގާފައެވެ.

ރޫޓާ ވިދާޅުވީ ލޮކްޑައުންގެ މުއްދަތު ނިމުމުން ވެކްސިން ނުޖަހާ ތިބި މީހުންނަށް އާންމު ތަންތަނުގައި އުޅެ ޚިދުމަތްތައް ހޯދުމުގައި ހަރުކަށި އުސޫލުތައް ގެންގުޅުމަށް ވިސްނަމުންދާކަމަށާއި އެކަންކުރެވޭނެ ގޮތްތަކެއް ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން