ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި، މަސްވެރިކަމަށް ހެޔޮ ބަދަލުތައް އަންނަން ފަށައިފި ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ މަސް އުފުލާ ވެސެލްތަކުގައި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން އެ ކުންފުނީގެ ފްލީޓަށް އިތުރުކޮށްފައިވާ 2500 ޓަނުގެ މަސް ބޯޓުގެ ފޮޓޯތައް ޙިއްސާ ކުރަށްވަމުން މެންބަރު އިއްސެ ވިދާޅުވީ މި ސަރުކާރުގައި މަސްވެރިކަމުގެ ދާއިރާއަށް އަތްލެވޭ ތަރައްޤީތައް ގެންނަމުން ގެންދާ ކަމަށެވެ.

ރައީސް ޞާލިޙްގެ ސަރުކާރަކީ ބަހުން ބަދަލު ގެންނަ ސަރުކާރެއް ނޫންކަމަށާއި، ގެންނަ ބަދަލަކީ ދެމެހެއްޓެނިވި ބަދަލެއްކަމަށް އިއްސެ ވިދާޅުވިއެވެ.

"އަތްލެވޭ ޢަމަލީ މުހިއްމު އެތަށް ކަމެއް ފެންނާން ހުންނާނެ! ފާއިތުވި 30 އަހަރު އަޅާނުލާ ބާކޮށް އޮތް މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލު އަންނަތަން ފެންނަން ފަށައިފި!" މެންބަރު އިއްސެ ވިދާޅުވިއެވެ.



މިފްކޯ އިން އަންނަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫއާއި އައިއޯޓީސީ މިންގަނޑުތަކަށް ފެތޭ، 98 މީޓަރުގެ ދިގު، ދެހާސް ފައްސަތޭކަ ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް އެކުންފުނިންވަނީ 1.8 މިލިއަން ޑޮލަރަށް ގަނެފައެވެ.

މިފްކޯގެ މަސް ރައްކާ ކުރުމުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި ސައުދީ ފަންޑުގެ ދަށުން 56.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 875.85 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް އިންޑިއާގެ އެހީގައި ފެލިވަރުގައި ވެސް 4،000 ޓަނުގެ މަސް ރައްކާ ކުރެވޭނެ ތަނެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


9

ސުމެއްސުމެއްފަހެއް

15-Nov-2021

ބުރާންޗެއްތަ, އިސްސޭ އަކީ ކޮން ހެޔޮބަދަލެއް އައިިީ ކަމިޝަން ނަގާފައި ބާވެފައި އޮތް ބޯތެއް ނުއަގު ހޯދުންތަ.. ތިޔަކަހަލަ ޚިޔާނަތް ތެރިންނަށް ކަމިޝަންލި ުނީމަހެޔޮބަދަލުގޮތުގައިތިޔަ ފެންނަނީ.. ހަދާން ބަހައްޓާތި ދިވެހި ރޢްޔިތުންވެ ގެ ފައިސާތިޔަ އަމިއްލަ އެކައުންޓައް އަޅަމުންދަނީ.. އަނގަޔައް އަތްބާނަފަ ގޮހޮރު ކޮޅުގައިއޮތަސް ކަަމިޝަން ގޮތުގައި ތިޔަނަގާ ވަގުއެކަންޓް ތަކުގެފޮރުވާ ދިވެހި ރައްޔިތުން ގއ ފައިސާ ދަމާ ނެރޭނެ ދުވަސް އެބަ ގާތްވޭ.ކިތަންމެ ޑިލެއް ޕީޕީއެމް އާއި އެމްޑީޕީ ހެދިޔަސް ތިޔަ ވަގައްނަގަމުންދާ ފައިސާ 2 ޕާރޓީ ގެ މީހުން އަތުންވެސް ހޯދާނަން ރައްޔިތުން އެއީ ކަލޭމެން އަޅުން ގޮތުގައި ވިއްކައިވެސް ކުރާނެ ކަމެއް.ކަލޭމެން ހިތުން ތިޔަތިބީ ތިޔަކުރާ ވައްލަންތަކާ ވަގުު އެކައުންޓްްތައް ނޭގޭކަމައްތަ



ޓްރެންޑިން