އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ޝްރީ ބޫޕަންދްރަ ޔާދަވް
އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ޝްރީ ބޫޕަންދްރަ ޔާދަވް
ކޮޕް26 ބައްދަލުވުމުގައި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓުވުމަށް ގައުމުތަކުން ވީ އެއްބަސްވުމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް ހުރިކަމަށް އިންޑިޔާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ޝްރީ ބޫޕަންދްރަ ޔާދަވް ވިދާޅުވެއްޖެއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި މި ކޮންފަރެންސްގައި ފަހު ވަގުތު އިންޑިއާގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް މިނިސްޓަރ ޔާދަވް ވަނީ ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓުމަށް ނިންމާފައިވާ އެއްބަސްވުމަށް ދެކޮޅު ހައްދަވާފައެވެ. އެހެންކަމުން ބޯޓުދެލި އެންދުން ހުއްޓާލުމަށް ފަހު ވަގުތު އެއްބަސްވުމުގައި ހިމަނާފައިވާ ބައި ވަނީ ބަދަލުކޮށްފައެވެ.

ކޮޕް26ގައި އެއްބަސްވާ ކަންތައްތަކުގެ ޑްރާފްޓް އެއްބަސްވުމަށް އެންމެފަހުން މަޝްވަރާކުރި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާދަވް ވަނީ އެއްބަސްވުމުގައިވާ އެބަޔަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުން އެމީހުންގެ ތަރައްގީއަށާއި ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާއިރު ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށާއި ބޯޓުދެލީގެ ތެރޭގައި ހިމެނޭ ގޭހާއި ތެލާއި، ކޯލަށް ސަބްސިޑީދިނުން ހުއްޓާލުމަށް ވައުދުވަނީ ކިހިނެއްތޯ ވިދާޅުވެ އިންޑިއާއިން ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން، ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އިންޑިއާގެ އިތުރުން ޗައިނާއާއި ސައުދީ އަރަބިއްޔާ ފަދަ ބޮޑެތި ބައެއް ގައުމުތައްވެސް ދެކޮޅެވެ. އެހެންކަމުން ކޮޕް26 ބައްދަލުވުމުގެ އެއްބަސްވުމުން އެބައި ބަދަލުކުރުމަށް އެ 3 ގައުމުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އަދި ކޮޕް26 ބައްދަލުވުން ނިމިގެންދިޔައީ ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އެންދުން ހުއްޓާލުމުގެ ބަދަލުގައި ބޯޓު ދެލި ބޭނުން ކުރުން މަދުކުރުމަށް އެއްބަސް ވެގެންނެވެ.

މިގޮތަށް ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި އެއްބަސްވުމަށް އެންމެ ފަހު ވަގުތު ބަދަލުތަކެއް ގެންނަން ޖެހުމުން ކޮޕް26ގެ ރައީސް އަލޯކް ޝަރްމާ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން