އިއްޔެ މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮއްވާ ފެނުނު ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތަކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން ފުލުހުން ބުނީ މަރުވެފައި އޮތް މުހައްމަދު މުޖުތަބާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ އަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ، މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ޖަލު ހުކުމެއް ވެސް ތަންފީޒު ކޮށްފައިވާ މީހެކެވެ.
ފުލުހުންގެ އިދާރާއިން ބުނީ މާލޭ މައްޗަންގޯޅީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން އިއްޔެ 15:42 ކަންހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް ފިރިހެނަކު އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންކަމަށެވެ. އަދި އެ މީހާ ފެނުނުއިރު ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައިވާކަމަށްވެސް ފުލުހުންނާއި މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު