ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އޮފީސް
ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އޮފީސް
އިންސާނުންގެ ގުނަވަން ގަތުމަށް އާސަންދަ ނުލިބޭނެކަމަށް ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް "އާސަންދަ" އިން ބުނެފިއެވެ.

އާސަންދައިން މިއަދު ބުނީ، އިންސާނުންގެ ގުނަވަން ގަނެ ވިއްކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާކަމެއް ކަމަށެވެ. އެހެންކަމުން ކިޑްނީ ޓްރާންސްޕްލާންޓަށް ޑޯނަރެއްގެއަތުން ކިޑްނީ ގަތުމަށް އާސަންދަ ސްކީމްގެ ދަށުން އެހީ ދެވޭނެ އުސޫލެއް ނޯންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް އާސަންދައިން މިހާރު ފޮނުވަނީ ހަމައެކަނި އިންޑިއާއަށެވެ. އިންޑިއާގެ ގާނޫނުގެ ދަށުން އާއިލާ މެމްބަރަކު ނޫން މީހެއްގެ ފަރާތުން ހަދިޔާކުރާ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން އާއިލާ ނޫން މީހެއް ޑޯނަރެއްގެ ގޮތަށް ހަމަޖައްސައިގެން އިންޑިއާގައި އޮޕަރޭޝަން ކުރެވޭކަށް ނޯވެއެވެ.

އެހެން ނަމަވެސް ޑޯނަރަކީ ޢާއިލާ މީހެއް ނަމަ ޑޯނަރާއި އެހީތެރިޔާއަށް ރާއްޖެއިން ބޭރަށް ދާން ދެކޮޅު ޓިކެޓާއި ޓްރާންސްޕްލާންޓްގެ ހަރަދާއި ޑޯނަރާއި ރެސިޕިއެންޓްގެ ބޭސްފަރުވާގެ ހަރަދު އާސަންދައިން، އޮންނަ އުސޫލުގެ ތެރެއިން ކަވަރު ކޮށްދެއެވެ.

އެންސްޕާ އިން ބުނީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޢާއިލާ މީހެއް ޑޯނަރެއްގެ ގޮތުގައި ނުލިބޭ ޙާލަތެއްގައި ކަމާބެހޭ ހުރިހާ ލިޔުމަކާއެކު ހުށައެޅުމުން އެންސްޕާ މެދުވެރިކޮށް އެކަަމަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ގުނަވަން ގަންނަން އާސަންދައިން އެހީ ނުދޭ ކަމަށް އާސަންދަ ޚިދުމަތުން ބުނެފައި މިވަނީ ޒުވާން ކަނބަލަކު ކިޑްނީއެއް ހޯދަށް ކުރާ މަސައްކަތުގައި ސަރުކާރުން އެހީތެރިކަން ނުދޭ ކަމަށް ބުނެ މީސް މީޑިއާގައި އާސަންދައާއި ސަރުކާރުގެ އިސް ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވަމުންދާތާ ދުވަސް ތަކެއް ވެފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން