އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ކޮލިޓީ ރަނގަޅުވަމުން އަންނާތީ، ކޮންސްޓްރަކްޝަން މަސައްކަތްތައް އަލުން ފެށުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފިއެވެ.

އެގޮތުން ވައި ސާފުވުމާ ގުޅިގެން ސަރުކާރުން ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރުމުގެ ހުއްދަ ދިންނަމަވެސް ބުދަ ދުވަހާ ހަމައަށް ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައިކަމަށް އެ ގައުމުގެ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ވައިލްޑްލައިފް ޑިވެލޮޕްމަންޓް މިނިސްޓަރު ގޯޕާލް ރާއީ ވިދާޅުވެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، އިންޑިއާގެ ކަމާއިބޭހޭ އިދާރާތަކުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ ސްކޫލްތައް ބަންދު ކޮށްފައިވަނީ ވައި ތަޣައްޔަރުވެފައިވާ މިންވަރު ރަނގަޅުނުވާތީކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގޯޕާލް ވިދާޅުވީ، ވައިގެ ކޮލިޓީ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި، އެހެންކަމުން ކޮންސްޓްރަކްޝަން މަސައްކަތް އަލުން ފަށަން ނިންމާފައިވަނީ މަސައްކަތްތެރިންނަށް ދަތިތަކާއި ކުރިމަތިވަމުން ދާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކުން ކޮންސްޓްރަކްޝަން ސައިޓްތައް މޮނިޓާ ކުރަމުން ދާނެކަމަށްވެސް ގޯޕާލް ވަނޫ ވިދާޅުވިއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވައި ތަޣައްޔަރުވުމުގެ މައްސަލައާއިހުރެ މިދިޔަ ހަފްތާގައި އެގައުމުގެ ސެންޓުރަލް ޕޮލިޔުޝަން ކޮންޓުރޯލް ބޯޑުން ވަނީ ނިޔު ދިއްލީގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން