ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ)
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑު ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕެޓިޝަނަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކުރުމަށް އެދި ހުށައަޅާ ޕެޓިޝަނެކެވެ. މި ޕެޓިޝަން ހުށައެޅުމަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހު ރައީސް ޞާލިޙް ހއ. އިހަވަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕެޓިޝަންގެ މަސައްކަތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އިސްކޮށް ޙަރަކާތްތެރިވާއިރު އަމާޒަކީ 5000 މީހުންގެ ސޮއި ހޯދުންކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް އެމީހުންނަށް މުޖުތަމަޢުގައި ޚާއްސަ އިމްތިޔާޒްތަކެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން