ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު، ޖަރުމަނުގައި މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް އަރައިފިއެވެ.
ޕެންޑަމިކް ފެށުނު ފަހުން މިހާތަނަށް އައިއިރު, ޖަރުމަނުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 100،119 އަށް އަރާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 75،961 މީހުންނަށް ކޮވިޑް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ.
ޖަރުމަނުގެ ދެކުނާއި އިރުމަތީ ސަރަހައްދުގައި ހާލަތު ގޯސްވެފައިވާއިރު، އެސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަށް ވަނީ ފުރެން ގާތްވެފައެވެ. މިއާއެކު އިތުރު މީހުން މަރުވެދާނެކަމުގެ އިންޒާރު ކަމާބެހޭ މާހިރުން ވަނީ ދީފައެވެ.
މިހާރު މީހުން މަރުވާ ރޭޓް ހުރީ 0.8 އިންސައްތައިގައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 50،000ން މައްޗަށް އަރާފައިވާއިރު، 400 އެއްހާ މީހުން އަންނަނީ މަރުވަމުންނެވެ.
ޖަރުމަނުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު، ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރުވެސް ވަނީ އެ ގައުމުގައި ފިޔަވަޅުތައް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު