ދެކުނު އެފްރިކާއިން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޮވޭވެކްސުން ބުނެފިއެވެ.
ނޮވެވެކްސުން ބުނީ ކުރިޔަށް އޮތް ހަފްތާތަކުގައި އެ ކުންފުނިން އުފައްދާ ވެކްސިން ޓެސްޓްކުރެވޭ ވަރުވާނެ ކަމަށެވެ. އަދި އެ ކުންފުނިން އުފައްދަމުން އަންނަ ވެކްސިންގައި ވައިރަސްގެ އަސްލު ސްޕްއިކް ޕްރޮޓީން ހުންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އެ ސްޕައިކުން ބަލި ނުޖެހޭނެކަމަށާއި، ނަމަވެސް އިންސާނާގެ ދިފާއީ ނިޒާމަށް އަސަރުކުރުވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެކުންފުނިން މިހާރު މަސައްކަތްކުރަމުން ދަނީ އޮމިކްރޯން ބީ.1.1.529ގެ ޖެނެޓިކް ސީކުއެންސާ އެއްގޮތަށް ސްޕްއިކް ޕްރޮޓީން ތަރައްޤީކުރުމުގެ މަސައްކަތެވެ.
ނޮވެވެކްސްގެ އިތުރުން ވެކްސިން އުފައްދާ އެހެން ކުންފުނިތައް ކަމުގައިވާ ޖަރުމަންގެ ބައޯއެންޓެކް އާއި ފައިޒަރ ގެ އިތުރުން ޖޯންސަން އަދި މޮޑާނާއިންވެސް އަންނަނީ އެކުންފުނިތަކުން އުފައްދާފައިވާ ކޮވިޑް ވެކްސިން އައު ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމުގެ ޓެސްޓްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު