ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ
މަސްތުުވާތަކެތީގެ ފައިސާ ލޯންޑަރ ކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތުކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގެ ބަހުސްގައި މެންބަރު ޔައުޤޫބު ވިދާޅުވީ ފުލުހުންނަށް ކަނޑައެޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން އެނގޭ މީހުންނާއެކު އެކި ކަހަލަ ޚިދުމަތްތައް ހޯދުމަށް އެއްބަސް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ފުލުހުންގެ އިދާރާ ބޭނުންކޮށްގެން މަނީ ލޯންޑަރ ކުރުންކަމަށް ބެލެވޭނެ ކަމަށާއި އެއްކޮޅުން މަސްތުވާތަކެތި އަތުލައިގަންނަމުން އަނެއްކޮޅުން އެ ފައިސާ ދޮވުމަށް އެހީތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓުކޮށްފައި ވާނެ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއަށް މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި މިފަދަ ބޮޑު ތުހުމަތެއް ކޮށްފައިވާއިރު އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން