އަލަށް ފެނުނު ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ނުކުރާކަމުގެ ހެއްކެއް އަދި ލިބިފައިނުވާކަމަށް އޮކްސްފޯރޑް ޔުނިވަރސިޓީން ބުނެފިއެވެ.

އޮމިކްރޯން ވޭރިއަންޓް ފެނުމާއެކު ވެކްސިން އުފައްދާ ފަރާތްތަކުން އަންނަނީ، ވެކްސިންގެ އަސަރު އޮމިކްރޯން ވޭރިއަންޓަށް ކުރާ މިންވަރު ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އޮކްސްފޯރޑުން އުފައްދާފައިވާ އެސްޓްރަޒެނިކާ ވެކްސިނުން، އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހާގެ ހާލަތު ރައްކާތެރި ނުކޮށްދޭކަމުގެ ހެއްކެއް އަދި ލިބިފައިނުވާކަމަށް އޮކްސްފޯރޑުން ބުނެފައިވެއެވެ.

މިކަން މިގޮތަށް އޮތްއިރު، މި ވޭރިއަންޓުން ދިފާއުވުމަށް ވެކްސިން އިތުރަށް އަޕްގްރޭޑްކުރަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އޮކްސްފޯރޑުން ވަނީ ބުނެފައެވެ.

އޮކްސްފޯރޑުން ބުނީ އަދި މިހާތަނަށް އޮމިކްރޯންގެ ލިބިފައިވަނީ މަދު ޑާޓާ ތަކެއްކަމަށެވެ. އެހެންކަމުން ވެކްސިނުން އަސަރުކުރާ މިންވަރު ދެނެގަތުމަށް އަދި އެހާ ފުޅާ ދާއިރާއެއްގައި ޓެސްޓްތައް ހެދިފައިނުވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ. ނަމަވެސް އަދިވެސް އިތުރަށް މިކަން ބަލަމުން އަންނަކަމަށް އޮކްސްފޯރޑުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން