ކޮވިޑު-19 ގެ އޮމިކްރޯން ވޭރިއަންޓްގެ، ބިރަށް ގައުމުތައް ފުރަބަންދު ކުރާން ނުޖެހޭނެ ކަމަށާއި، އެއީ އެއްގޮތަކަށްވެސް ބޭނުންތެރި ކަމެއް ނޫންކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ނޯތު އެމެރިކާއިން އޮމިކްރޮން ވޭރިއަންޓް ފެނުނު ފަހުން ނެރުނު ބަޔާނުގައި ބައިޑަން ވިދާޅުވީ ވެކްސިން ޖަހައި އަދި މާސްކް އަޅައިގެން އުޅޭ ނަމަ އޮމިކްރޮންގެ ބިރަށްޓަކައި ގައުމުތައް ފުރަބަންދު ކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ބައިޑަން މިހެން ވިދާޅުވިއިރު އެމެރިކާއިން ވަނީ އެފްރިކާގެ އަށް ގައުމަކުން ދަތުރުކުރާ މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. އިނގިރޭސި ވިލާތުން ވެސް ވަނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުން ދަތުރުކުރާ މީހުންނަށް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ.

ބައިޑަން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓް އެމެރިކާއިން ފެނުމަކީ ވެދާނެ ކަމެއް ކަމަށް ޔަގީންވާކަމަށެވެ. އެހެންކަމުން ފުރަބަންދަކަށް ނުދިއުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެންމެން ވެސް މާސްކް އަޅައިގެން އުޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން