މިހާރު ފެނިގެން އުޅޭ ކޯވިޑްގެ ނުރައްކާ އޮމިކްރޯން ވޭރިއަންޓް މިހާތަނަށް 38 ގައުމަކުން ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ޖުމްލަ 38 ގައުމަކުން މި ވޭރިއަންޓް ފެނިފައިވާކަމަށެވެ. ނަމަވެސް މިވޭރިއަންޓް ޖެހިގެން އަދި އެއްވެސް މީހަކު މަރުވެގެން ރިޕޯޓްކޮށްފައިނުވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރުމާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ސްޕޯކްސްޕާސަން ކްރިސްޓިއަން ލިންޑެމިއޭރް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ދިފާއުވުމަށް ބޭނުންވާ ބަދަލުތައް ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ ގެންނަމުން ކަމަށެވެ. އަދި މިއީ ފާހަގަކޮށްލެވޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯގެ އެންމެ އިސް ސައިންޓިސްޓް ސޯމިޔާ ވިދާޅުވީ އައު ވޭރިއަންޓާއެކު ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެކަމާއި ހާސްވެ ކަންބޮޑުނުވެ އެވޭރިއަންޓަށް ތައްޔާރުވުންކަމަށެވެ. އަދި އައު ވޭރިއަންޓެއް މިއަދު ފެނިފައިވާއިރު ދުނިޔެ ވަނީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރުވެފައިކަމަށްވެސް ސޯމިޔާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން