ބައޯއެންޓެކުން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބައޯއެންޓެކުގެ ސީއީއޯ އޫގުއޮރ ސާހިން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓަކީ މިއުޓޭޓް ވަމުންދާ ވޭރިއަންޓެއް ނަމަވެސް އެ ވެކްސިނުން ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމަށެވެ. ބައޯއެންޓެކާއި، ފައިޒާ ގުޅިގެން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިނެއް އުފައްދާފައެވެ.
އެގޮތުން، ވެކްސިން ފުރިހަމަކޮށްފައި ތިބޭ މީހުންނަށްވެސް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމަށް ބެލެވޭ ކަމަށް ސާހިން ވިދާޅުވިއެވެ.
މީގެއިތުރުން ސާހިން ވިދާޅުވީ ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ފެނި، މިއުޓޭޓްވަމުންދާ ގޮތަށް ބަލާއިރު، މިކަންކަމުން ރައްކާތެރިވުމަށް ކޮންމެ އަހަރަކު ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
ދެކުނު އެފްރިކާގެ ގައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓް ދަނީ ހަލުވިކަމާއެކު ދުނިޔޭގެ ގައުމުތަކަށް ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް 38 ގައުމަކުން މި ވޭރިއަންޓް ފެނިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.
މި ވޭރިއަންޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ފެންނަމުންދާއިރު، ރާއްޖެއާ އެންމެ ގާތުގައި އޮތް އިންޑިއާ އަދި ސްރީލަންކާއިންވެސް މި ވޭރިއަންޓް ވަނީ ފެނިފައެވެ. މިވޭރިއަންޓްގެ ނުރައްކާތެރިކަން މާބޮޑަށް އަދި ދެނެގަނެވިފައި ނެތް ނަމަވެސް މިވޭރިއަންޓަކީ އާދަޔާ ޚިލާފަށް އަވަހަށް ފެތުރޭ އަދި ކުރިން ކޯވިޑް ޖެހިފައި ތިބި މީހުންނަށް ވެސް ވަރަށް ފަސޭހަކަމާއެކު ޖެހޭ ވޭރިއަންޓެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު