ހަށިވިއްކާ އަންހެނެއް ކައިރިއަށް ވަދެއޮތް ފުލުހެއްގެ އަތުން ފޭރިގެންފި އެވެ.
މާލޭގައި އިއްޔެ ހިނގާފައިވާ މި ޙާދިސާގައި ފުލުހެއްގެ އަތުން 12,000 ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި އޭނާގެ ލޯބިވެރިޔާކަމަށް ބުނާ 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. ނަމަވެސް ހަށިވިއްކާ މީހާ ކައިރިއަށް ވަދެ އޮތް ފުލުސްމީހާ ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުސް މީހާ ވަދެއޮތް އަންހެން މީހާ ބުނެފައިވަނީ, އޭނާކައިރިއަށް ފުލުސް މީހާ ގެނައީ ފައިސާއަށް ހަށިވިއްކުމަށް ކަމަށެވެ. އަދި އެކަމަށް އެދި އިސްވެ ގުޅީ ފުލުސް މީހާ ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި އޭނާ ހަށިވިއްކާ އަގަކީ 1000 ރުފިޔާއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި އަނެއް ދެ މީހުން, ފުލުސް މީހާއަށް އަނިޔާކުރަން ފެށުމުން އެކަން ނުކުރުމަށް އޭނާ އެދުނު ކަމަށް އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ. އަދި ފުލުސް މީހާ 12,000 ރުފިޔާ ޓްރާންސްފާރކުރީ އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ހިތުން ރުހުމުގައި ކަމަށާއި އެ ފައިސާ ފަހުން ފުލުސްމީހާއަށް އަނބުރާ ދީފައިވާ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާއިރު މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު