މިހާރު ހަލުއިކަމާއެކު ފެތުރެން ފަށާފައިވާ ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓަކީ ކޮންކަހަލަ ވޭރިއަންޓެއްކަން ބުނަން އަދި މާ އަވަސް ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
ޑރ. ފައުޗީ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާއެކު ހާލަތު އެހާ ގޯސްވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އޮމިކްރޯނަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައަޅާ، ކުރިޔަށް އޮތް ތަނުގައި މި ވޭރިއަންޓް ވެގެންދާނީ އެންމެ ބޮޑަށް ފެތުރޭ ވޭރިއަންޓަށް ކަމުގައި ބުނެފައެވެ.
ރޮއިޓަރސްގެ ނެކްސްޓް ކޮންފަރެންސް ގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ސައިންޓިސްޓް ސޯމިޔާ ވިދާޅުވީ އެ ވޭރިއަންޓަށް އެހެން ވެކްސިނެއް ބޭނުންވާނެ ކަމަށް ނުބެލެވޭކަމަށެވެ. ނަމަވެސް ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށް ވުރެ އޮމިކްރޯން ވޭރިއަންޓުން ކުރާ އަސަރު ކުޑަކަމަށް އަދި ނިންމަން މާއަވަސްކަމަށްވެސް ސޯމިޔާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޑރ. ފައުޗީވެސް އޮމިކްރޯން ވޭރިއަންޓާއި ގުޅޭގޮތުން ވިދާޅުވީ އަދި އެއްޗެއް ބުނަން އަވަސްކަމަށެވެ. މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެވޭނީ މި ވޭރިއަންޓާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކޮށް ނިމުނީމަ ކަމަށްވެސް ޑރ. ފައުޗީ ވިދާޅުވިއެވެ.
އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން އަންނަނީ ބޫސްޓަރ ޑޯޒް ޖެހުން އަވަސްކުރަމުންނެވެ. ގިނަ ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު