އަވައްޓެރި އިންޑިއާއިން ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވްވީ މަހާރާޝްތުރައިންނެވެ. އަދި ނުވަ މީހަކު ޖައިޕޫރުން ޕޮޒިޓިވް ވިއިރު، ނިއުދިއްލީން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު މިއަދު މިވަނީ މުޅިއެކު 17 މީހުން މި ވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ.
މީގެ ކުރިން ހަތަރު މީހަކު މި ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާއިރު، މިހާރު އިންޑިއާއިން މި ވޭރިއަންޓް ޖެހުނު މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ.
އިންޑިއާ އިން އަދި އޮމިކްރޮން ވޭރިއަންޓަށް ފައްސިވަމުން އަންނަނީ ދެކުނު އެފްރިކާއިންނާއި އެފްރިކާ ބައްރުގެ ބައެއް އެހެން ގައުމުތަކުން އިންޑިއާއަށް ދަތުރު ކުރި މީހުންނާއި އެމީހުންގެ އާއިލާ މެމްބަރުންކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
އޮމިކްރޮން ވޭރިއަންޓް ފެތުރެން ފެށުމުން މިހާރު އިންޑިއާގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ވަނީ ސްކްރީނިން ނިޒާމު އިތުރު ކޮށްފައެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އޮމިކްރޮން ވޭރިއަންޓް ފެތުރި، ދިމާވެދާނެ ކޮންމެ ހާލަތަކަށް އިންޑިއާގެ ސިއްހީ ނިޒާމް ވަނީ ތައްޔާރުވެފައެވެ. ސަރުކާރުން އެހެން ބުނި ނަމަވެސް ޑެލްޓާ ވޭރިއަންޓް ފެތުރުނު ހަލުވިމިނުގައި އޮމިކްރޯން ފެތުރިއްޖެނަމަ ހާލަތު ބޮއްސުންލައިގެން ދާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު