މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގީ އެއްބަޔަކަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށް ބުނެ، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ގުރުލުން ކުރިއަށް ގެންދިޔައީ މީޑިއާގެ ޙާޟިރުގައި ޓީވީން ވަގުތުން ލައިވްވެސް ކޮށްގެންނެވެ. ނަމަވެސް ގުރުލުމުގައި ނަމާއި އައިޑީކާޑު ނަންބަރުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ސްލިޕް ނަންބަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.
ޕާކިން ސްލޮޓްތަކުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލާގައިވަނީ ޕާކިން ސްލޮޓްތަކުގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ބައެއް ފަރާތްތަކަށް ފުރުސަތު ހަނިވާގޮތަށް ކަމަަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ސްލިޕް ނަންބަރު ނުލިބޭކަމަށްވެސް މައްސަލާގައިވެއެވެ.
މާލޭން 211 ޕާކިން ސްލޮޓަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި 969 މީހަކު ފޯމު ހުށަހެޅި އެވެ.

ކިޔުންތެރިންގެ ހިޔާލު