ޖަޕާނުން އޮމިކްރޯންގެ އައު 8 ކޭސް ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން މި ކޭސްތައް ފެނިފައިވަނީ އެއަރޕޯޓަށް އައިސް، ޓެސްޓުތައް ހެދި މީހުންގެ ފަރާތުންކަމަށެވެ. މީގެތެރެއިން ދެ މީހަކީ އޮމިކްރޯން ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދެމީހުންނެވެ. މި 8 ކޭހާއި އެކު ޖަޕާނުގައި އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12 އަށް އަރާފައެވެ.
ފަހުން މި ފެނުނު 8 ކޭހާއި ބެހޭގޮތުން ޖަޕާނު ސަރުކާރުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވަނީ އެމީހުންނަކީ އެމެރިކާ އާއި ދެކުނު އެފްރިކާއިން ދަތުރު ކުރި މީހުން ކަމަށެވެ.
މިހާތަނަށް ދުނިޔޭގެ 57 ގައުމަކުން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. އައު ވޭރިއަންޓާއެކު ގިނަ ގައުމުތަކުން ދަނީ ބޫސްޓަރ ޑޯޒް ޖަހަމުންނެވެ.
ސައިންސްވެރިން ދެކޭގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް މި ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފަގީރު ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު