ކުރީގެ 3 ރައީސުން
ކުރީގެ 3 ރައީސުން
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދުގެ ތަފްސީލް ހާމަކުރުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ޢުޒުރުވެރިވެއްޖެއެވެ.

ދަޢުލަތުން އެކިއެކި ޚަރަދުތައް ކުރާ ގޮތުގެ ތަފްސީލްތައް ހޯއްދަވައި ހާމަކުރަށްވަމުން ގެންދަވާ އައިމަން ލަތީފް މިއަދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން އެބޭފުޅުންގެ އޮފީސް ހިންގުމަށް ދޭ ޢިނާޔަތުގެ ތަފްސީލު ހޯދުމަށް މާލީ ވުޒާރާއަށް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް މާލީ ވުޒާރާ ޢުޒުރުވެރިވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އައިމަންގެ ހުށަހެޅުމަށް މާލީ ވުޒާރާއިން ދެއްވި ޖަވާބުގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އޮފީސް އެޑްރެހާއި ގުޅޭނެ ނަންބަރެވެ. އެ ލިސްޓުގައި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ނަންފުޅެއް ނެތެވެ. މާލީ ވުޒާރާއިން އެދިފައިވަނީ އެ ބޭފުޅުންގެ އޮފީސްތަކަށް ހުށައަޅައިގެން އެމައުލޫމާތު ހޯދުމަށެވެ.

އައިމަން މިއަދު ވިދާޅުވީ މާލީ ވުޒާރާގެ ޖަވާބުގައިވާ ގޮތަށް އެ މަޢުލޫމާތު ހޯއްދެވުމަށް އެ އޮފީސްތަކަށް ހުށައަޅުއްވާނެ ކަމަށެވެ.



ދަޢުލަތުން ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 175،000 ރުފިޔާގެ ޢިނާޔަތެއް ދެމުން ގެންދެއެވެ. ނަމަވެސް އެތަނުން ކުރާ މަސައްކަތެއް ނޭނގުމުގެ ޝަކުވާ ޢާއްމުންގެ މެދުގައި ބޮޑެވެ. ކުރީގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް އަދިވެސް އުޅުއްވަނީ ސިޔާސީ މަސައްކަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން